ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޭންކް ފަންޑުގެ އެހީތެރިކަމާ އެކު، މޯލްޑިވިއަން ނާސަސް އެސޯސިއޭޝަން (އެމްއެންއޭ)ން ހުޅުމާލެ ފޭސް 2ގައި ކުރިއަށްގެންދިޔަ 'ޒައިތޫން' ނަފްސާނީ ރިހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
ތަފްސީލް - މިއީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް އެއްބާރުލުން ދިނުމަށާއި ދިރިއުޅުމުގެ މުހިންމު ހުނަރުތަކާއި ދަތި ހާލަތްތަކާ ކުރިމަތިލާނެ ގޮތްތައް ދަސްކޮށްދިނުމަށް ހިންގި ޕްރޮގްރާމެކެވެ.
މީގެ އިތުރުން، އެފަދަ ފަރާތްތައް މުޖުތަމައަށް ނެރެ އަހުލުވެރިކުރުވުމަށާއި ނަފްސާނީ ބަލިތަކާމެދު މުޖުތަމައުގައި އޮންނަ ނޭދެވޭ ވިސްނުންތައް ބަދަލުކޮށް ހޭލުންތެރިކަން އިތުރުކުރުމަށް ވެސް މި ޕްރޮގްރާމުގެ ތެރެއިން ވަނީ އިސްކަމެއް ދީފަ އެވެ.
އެމްއެންއޭން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ ދަށުން:
ދުޅަހެޔޮ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުން
މުޖުތަމައު ހޭލުންތެރިކުރުވުމުގެ ތަފާތު ހަރަކާތްތައް
މި ހަރަކާތްތަކުގެ ދަށުން ހުޅުމާލޭގެ 100އަށް ވުރެ ގިނަ ފަރާތްތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ފާހަގަކޮށްލެވޭ - ބީއެމްއެލް ބޭންކް ފަންޑުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައަށް ފައިދާހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ މިފަދަ މުހިންމު އިޖުތިމާއީ މަޝްރޫޢުތަކަށް ބޭންކުން އަބަދު ވެސް އަންނަނީ މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މަޢުލޫމާތު: ދައުރު










ކޮމެންޓް