Live demo Open the newsroom
ބްރޭކިންގ
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތްރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތް
ސަރުކާރު ކުންފުނިތަކުން ލިބުނު ފައިދާ ދަށަށް ހިނގައްޖެދައުރު

ސަރުކާރު ކުންފުނިތަކުން ލިބުނު ފައިދާ ދަށަށް ހިނގައްޖެ

މިއަހަރަށް މަޖިލީހުން ފާސްކޮށްދިން ބަޖެޓުގައި ލަފާކޮށްފައިވާ ގޮތުން ސަރުކާރު ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި 552.3 މިލިއަން ރުފިޔާ ލިބޭނެ

ދ
7 އޮކްޓޫބަރު 2026 16:001 މިނިޓުގެ ކިޔުން 460
Aa

ސަރުކާރު ކުންފުނިތަކަށް ލިބުނު ފައިދާ ދަށްވެ ޑިވިޑެންޑުން ބަޖެޓަށް ލިބުނު އާމްދަނީ %25 ދަށަށް ހިނގައްޖެ އެވެ.

ވީ ކިހިނެއް؟ - މާލީ ވުޒާރާއިން އާންމުކުރާ ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ 1ގެ ނިޔަލަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި ބަޖެޓަށް ލިބިފައިވާ އާމްދަނީއަކީ:

483.2 މިލިއަން ރުފިޔާ

މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 166 މިލިއަން ރުފިޔާ މަދު އަދަދެއް

އެ މުއްދަތުގައި މިދިޔަ އަހަރު ޑިވިޑެންޑުން 649 މިލިއަން ރުފިޔާ ލިބިފައިވޭ

ތަފްސީލް - މިއަހަރަށް މަޖިލީހުން ފާސްކޮށްދިން ބަޖެޓުގައި ލަފާކޮށްފައިވާ ގޮތުން ޑިވިޑެންޑުގެ ގޮތުގައި 552.3 މިލިއަން ރުފިޔާ ލިބޭނެ އެވެ. މިހާތަނަށް މި ވަނީ ލަފާކޮށްފައިވާ އަދަދުގެ %87 ލިބިފަ އެވެ.

ބަޖެޓުގައި ހުރި ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ސަރުކާރުގެ ކުންފުނިތައް ހިންގުމަށް ކެޕިޓަލްގެ ގޮތުގައި ވަނީ:

903 މިލިއަން ރުފިޔާ ދޫކޮށްފައި

930 މިލިއަން ރުފިޔާ ކުންފުނިތަކަށް ދޫކުރަން ބަޖެޓްކޮށްފައިވޭ

ސަރުކާރު ހިއްސާވާ 30 އަށް ވުރެ ގިނަ ކުންފުނި އެބަހުއްޓެވެ. އޭގެ ތެރެއިން ގިނަ ކުންފުނިތައް ހިންގަނީ ގެއްލުމުގަ އެވެ.

މަޢުލޫމާތު: ދައުރު

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.