Live demo Open the newsroom
ބްރޭކިންގ
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތްރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތް
ޓޫރިޒަމްގެ މެސެޖެއް: އިގްތިސޯދު ސަލާމަތްކުރަން މިއީ ގުޅިގެން މަޝްވަރާއަށް ދާންވީ ވަގުތުދައުރު

ޓޫރިޒަމްގެ މެސެޖެއް: އިގްތިސޯދު ސަލާމަތްކުރަން މިއީ ގުޅިގެން މަޝްވަރާއަށް ދާންވީ ވަގުތު

ސަރުކާރަކަށް ފަސޭހަކުރަން ގެންނަ ސިޔާސަތުތަކީ ސިނާއަތެއް މަރުވާނޭ ކަންކަމަށް ވެގެން ނުވާނޭ ކަމަށް ދާއިރާގެ ބޭފުޅުން ފާހަގަ ކުރައްވާ

ދ
6 އޮކްޓޫބަރު 2026 11:003 މިނިޓުގެ ކިޔުން 3,003
Aa

ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުުންހުރި 200އެއްހާ މަންދޫބުންނާ އެކު އިއްޔެ ކްރޮސްރޯޑްސްގައި ބޭއްވި، ހޮޓެލިއާ މޯލްޑިވްސް ޖީއެމް ފޯރަމް 2026 އިން ސާފުވި އެއްކަމަކީ، ފަތުރުވެރިކަމުގެ ދާއިރާއަށް މި އަހަރަކީ ބަނަ އަހަރެއް ކަމެވެ. ހުރިހާ ބޭފުޅުން ވެސް ފާހަގަކުރެއްވީ އެތެރެ އާއި ބޭރުން ކުރިމަތިވާ އެކި ކަންކަމާ ހުރެ ރާއްޖޭގެ ފަތުރުވެރިކަން ފިތެމުން ދާ ކަމަށެވެ. އެކަމަކު، އެބޭފުޅުން އާ ކުރައްވާ އުންމީދެއް އެބަ އޮތެވެ.

"ސަރުކާރާއި އިންޑަސްޓްރީއާ ގުޅިގެން ކުރާ މަޝްވަރާތަކުން ކަންކަމަށް މެދު މިނުގެ ހައްލު ހޯދައިގެން ކުރިއަށް ދެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. މަޝްވަރާ ހިނގަން ޖެހޭނެ ދެކޮޅުން ވެސް. އަދި ކުރާ މަޝްވަރާތައް ވާންޖެހޭ އުފެއްދުންތެރި އެންމެން ޝާމިލްވާ މަޝްވަރާތަކަކަށް،" ޕަލްސް ރިސޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ މުހައްމަދު ހަލީލް ޖީއެމް ފޯރަމްގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި، ރިސޯޓްވެރިންގެ ޖަމްއިއްޔާ، މަޓީ އާއި ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ، މަޓާޓޯއިން މިހާރަށް ވުރެ ބޮޑަށް ޓޫރިޒަމް ދާއިރާގެ ފަރާތްތަކާ އެކު ހުޅުވާލެވިފައިވާ މަޝްވަރާ ބައްދަލުވުންތައް ބާއްވަން ޖެހެ އެވެ. ހަމައެކަނި ފަރުދާގެ ރުގަހުގައި ކުރެވޭ މަޝްވަރާތަކަކުން ނަތީޖާ ނުނެރެވޭނޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"މިކަހަލަ ހުޅުވާލެވިފައިވާ ފޯރަމެއް ބާއްވައި އާންމުކޮށް ހުޅުވާލައިގެން މިހުރި ދަތިތަކާ މެދު މަޝްވަރާ ކުރަން ޖެހޭ. ފަރުދާގެ ފުރަގަހުގައި މި ކުރާ މަޝްވަރާތަކުގެ އިތުރަށް. މަޓީ އަދި މަޓާޓޯގެ މިކަމުގައި އޮންނާނެ ޒިންމާާއެއް. މަޝްވަރާތަކުން ހޯދޭ ކަންކަން ހެކިތަކާ އެކު ސަރުކާރަށް އެބަ ޖެހޭ ހުށަހަޅަން،" ހަލީލް ވިދާޅުވި އެވެ.

"ހަމައެކަނި ފަރުދާގެ ފުރަގަހުގައި މިކުރާ މަޝްވަރާތަކުން ހައްލެއް ނުލިބޭނެ. ހުރިހާ ގޮތަކުން ވެސް މިކަމުގައި މަޓީން އަދި މަޓާޓޯން މަސައްކަތް ކުރަން ޖެހޭ. އެ ޖަމްއިއްޔާތަކަކީ ހުރިހާ ކަމަކަށް ރުހިގެން ތިބޭ ބަޔަކަށް ވެގެންނުވާނެ."

ހަލީލް ދެން ފާހަގަ ކުރެއްވީ، ޓޫރިޒަމް ސިނާއަތަށް މިކުރިމަތިވާ ދަތިތަކަކީ ހަމައެކަނި ހުރަސްތަކެއް ކަމަށް ބަލައިގެން ތިބެވޭކަށް ނެތެވެ. އޭނާ ވިދާޅުވީ ކޮންމެ ދައްޗަކީ ފުރުސަތެއްގެ ގޮތުގައި ބަލައިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. މި ފިއްތާ ފިއްތުންތަކުން އެންމެން ގުޅިގެން މަސައްކަތްކޮށްފި ނަމަ ފައިދާ ނެރެވޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ސުނާމީއަށް ފަހު ވެސް ރާއްޖެ އަރައިގަތް. ކޮވިޑަށް ފަހު ވެސް ޓޫރިޒަމް އަރައިގަތް މާ ގަދަކޮށް. އެހެންވީމާ ރާއްޖޭގެ ފަތުރުވެރިކަމަކީ އަބަދު ވެސް މިކަހަލަ ދަތިތަކުން އަރައިގަތުމުގައި ނަމޫނާ ދައްކާފައިވާ، އެވަރު ހުރި ސިނާއަތެއް. މިފަހަރު ވެސް ވާނެ،" ހަލީލް ވިދާޅުވި އެވެ.

އޭނާ ވަނީ މަޓީއަށް ހަމައެކަނި ފީއެއް ދައްކައިގެން ތިބުމުގެ ބަދަލުގައި ކަންކަމާ އަޑުއުފުލައި ސަރުކާރާ އެކު ކަންކަމުގައި މަޝްވަރާކުރަން އެ ޖަމްއިއްޔާތަކަށް ބާރު އެޅުމަށް ދާއިރާގެ ހުރިހާ ފަރާތްތަކަށް ގޮވަލައްވައިފަ އެވެ.

ޖީއެމް ފޯރަމްގެ ބައިވެރިންގެ ތެރެއިން ޝުއޫރު ފާޅުކުރި ހުރިހާ ބޭފުޅުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރިސޯޓްތަކަށް ލިބޭ ޑޮލަރު އާމްދަނީގެ %40 މާރުކުރަން މަޖުބޫރުކުރުވުމާއި ރާއްޖޭގެ ރިސޯޓްތައް ވިއްކާ ބޭރުގެ ޓްރެވަލް އޭޖެންޓުންނާއި އެޖެންސީތަކުން %17ގެ ޓީޖީއެސްޓީއެއް ނެގުމަށް ސަރުކާރުން ގާނޫނަށް ގެނައި ބަދަލުތަކެވެ.

ހިލްޓަން އަމިންގިރި ރިސޯޓްގެ ޖެނެރަލް މެނޭޖަރު މާކް އެލެޓާ ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ސަރުކާރަކުން ވެސް ސިޔާސަތުތައް ކަނޑައަޅަން ވާނީ ގައުމެއްގެ އިގްތިސާދުގެ އެންމެ ބޮޑެތި ސިނާއަތްތަކަށް އެކަމުން ކުރާނޭ އަސަރުތައް ދެނެގަތުމަށް ފަހު އެވެ.

"ދައުލަތުން ދަރަނި ވެސް ދައްކަން ޖެހޭނޭކަން ގަބޫލުކުރަން. އެކަމަކު އެކަން ކުރަން ވާނީ ސިނާއަތްތައް މަރާލާފައެއް ނޫން،" މާކް ވިދާޅުވި އެވެ.

ވިޒިޓް މޯލްޑިވްސްގެ އާ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ޔާސިރު ފާހަގަކުރެއްވި ގޮތުގައި، މި ދަނޑިވަޅުގައި ޓޫރިޒަމަށް ކުރިމަތިވާ ހީނަރުކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ތަފާސްހިސާބުތަކާ އެކު ޓޫރިޒަމް ދާއިރާގެ ފޯރުކޮށް ދިނުމަށް އެ އެޖެންސީން މަސައްކަތްކުރާ ކަމަށެވެ. އަދި ތަފާސްހިސާބާއި ހެކިތަކުގެ މައްޗަށް ނިންމުންތައް ނިންމާ ނަމަ، މި ދަތިތަކުން އަރައިގަނެވޭނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަންނަ ބަދަލުތަކުގެ ތަފާސްހިސާބު ފޯރުކޮށްދޭން އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން. އަޅުގަނޑު ގަބޫލުކުރަނީ ސައްހަ މައުލޫމާތުގެ މައްޗަށް ނިންމުންތައް ނިންމުނީމާ މި ދަތިކަމުން އަރައިގަންނަން ސިޔާސަތުތައް ރޭވޭނޭ،" ޔާސިރު ވިދާޅުވި އެވެ.

އޭނާ ވަނީ ބައެއް ހާލަތްތަކުގެ ވާހަކަ އެކަން އޮތް މިންވަރަށް ވުރެ ބޮޑުކޮށް ނުދެއްކުމުގެ މުހިންމުކަން ވެސް ފާހަގަ ކުރައްވައިފަ އެވެ. އޭގެ ސަބަބުން ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކުގެ މެދުގައި ބިރުވެރިކަން އުފެދުން ފަދަ ކަންކަން ދިމާވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިމަތިވާ ހާލަތްތަކާ މެދު ސަމާލުވުން މުހިންމު. ފާރަވެރިވުން މުހިންމު. އެކަމަކު، އެ ހާލަތްތަކުގެ ސައްހަ މައުލޫމާތު ޓޫރިސްޓުންނަށް ފޯރުކޮށްދޭން ވެސް ސަމާލުކަން ދޭން ޖެހޭ،" ޔާސިރު ވިދާޅުވި އެވެ.

މަޢުލޫމާތު: ދައުރު

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.