Live demo Open the newsroom
ބްރޭކިންގ
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތްރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތް
އެމްފައިސާ-ޕޭޕަލް އެކައުންޓް 3 މަހުން 5،000އަށް ވުރެ އިތުރުވެއްޖެދައުރު

އެމްފައިސާ-ޕޭޕަލް އެކައުންޓް 3 މަހުން 5،000އަށް ވުރެ އިތުރުވެއްޖެ

މީގެ ސަބަބުން، ދުނިޔޭގައި އެންމެ ފުޅާދާ އިރާއެއްގައި ބޭނުންކުރާ އެއް ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމް މެދުވެރިކޮށް ހޯދާ ނުވަތަ ލިބޭ ފައިސާ ދިވެހިންނަށް ފަސޭހަކަމާ އެކު ނެގޭނެ މަގު ވަނީ ފަހިވެފައި

ދ
6 އޮކްޓޫބަރު 2026 12:342 މިނިޓުގެ ކިޔުން 1,596
Aa

އެމްފައިސާ އެކައުންޓްތަކާ ގުޅާލާފައިވާ ޕޭޕަލް މިހާރު 5،000އަށް ވުރެ ގިނަ ކަސްޓަމަރުން ބޭނުންކުރަމުން އަންނަ ކަމަށް އުރީދޫ ފިންޓެކުން ބުނެފި އެވެ.

ތަފްސީލް - މިއީ ރާއްޖޭގައި ބައިނަލްއަގުވާމީ ޑިޖިޓަލް ޕޭމަންޓް ހިދުމަތްތައް ހޯދުމުގެ ފުރުސަތު ފުޅާކުރުމުގައި ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑި އެކެވެ.

މިދިޔަ ޖޫންގައި މި ހިދުމަތް ތައާރަފްކުރުމާ އެކު، ރާއްޖޭގެ ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓްތައް އެމްފައިސާއާ ގުޅާލައި ޕޭޕަލްއިން ޑޮލަރު ފަސޭހަކަމާ އެކު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭނެ އެވެ. އަދި ނަގާފައިވާ ފައިސާ އަނބުރާ ގުޅާލާފައިވާ ޕޭޕަލް އެކައުންޓްތަކަށް ޓްރާންސްފާ ކުރުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ލިބިގެންދާއިރު، މީގެ ސަބަބުން ބައިނަލްއަގުވާމީ ޑިޖިޓަލް ޕޭމަންޓްތައް މެނޭޖުކުރުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދެ އެވެ.

ފުރަތަމަ ތިން މަހުގެ ތެރޭގައި 5،000އަށް ވުރެ ގިނަ ޔޫޒަރުންނަށް ވާސިލުވުމަކީ، ފަސޭހައިން ބޭނުންކުރެވޭ ބައިނަލްއަގުވާމީ ޕޭމަންޓް ސޮލިއުޝަންތަކަށް އޮންނަ ޑިމާންޑް އިތުރުވަމުން އަންނަކަން ދައްކުވައިދޭ ކަމެކެވެ. ހާއްސަކޮށް ފްރީލާންސަރުންނާއި ވިޔަފާރިވެރިންނާއި ކޮންޓެންޓް ކްރިއޭޓަރުންގެ އިތުރުން ރާއްޖޭން ބޭރުން ފައިސާ ލިބޭ ފަރާތްތަކުގެ މެދުގައި މި ޑިމާންޑް ބޮޑެވެ.

މި ހިދުމަތުގެ ޒަރީއާއިން، ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް ފައިސާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކޮށް، އެމްފައިސާއިން ބޭންކު އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރުން ނުވަތަ ނަގުދު ފައިސާ ނެގޭނެ އެވެ. އަދި ޕޭޕަލްއިން އެމްފައިސާއަށް ފައިސާ ޓްރާންސްފާ ކުރުމަށް އުރީދޫން އިތުރު އެއްވެސް ފީއެއް މިވަގުތު ނުނަގާނެ އެވެ.

މީގެ ސަބަބުން، ދުނިޔޭގައި އެންމެ ފުޅާދާ އިރާއެއްގައި ބޭނުންކުރާ އެއް ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމް މެދުވެރިކޮށް ހޯދާ ނުވަތަ ލިބޭ ފައިސާ ދިވެހިންނަށް ފަސޭހަކަމާ އެކު ނެގޭނެ މަގު ވަނީ ފަހިވެފަ އެވެ.

ޕޭޕަލް ގުޅާލުމަކީ، ޑިޖިޓަލް މާލީ ހިދުމަތްތައް ހޯދުމުގެ ފުރުސަތު ފުޅާކޮށް، ބައިނަލްއަގުވާމީ ޑިޖިޓަލް އިގްތިސާދުގައި ބައިވެރިވުމަށް ދިވެހިންނަށް އާ ފުރުސަތުތަކެއް ފަހިކޮށްދީގެން، ޝާމިލު ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އުރީދޫން ވެފައިވާ ފުޅާ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މަޢުލޫމާތު: ދައުރު

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.