Live demo Open the newsroom
ބްރޭކިންގ
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތްރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތް
ވިއެޓްނާމުގެ ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީދައުރު

ވިއެޓްނާމުގެ ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

އަންނަ 5 ޑިސެމްބަރުން ފެށިގެން ފަށާ މި ދަތުރުތަކާ އެކު ވިއެޓްޖެޓުން މާލެ އާއި ވިއެޓްނާމުގެ ޗިން މިންއާ ދެމެދު ހަފްތާއަކު ތިން ދަތުރު ކުރާނެ

ދ
7 އޮކްޓޫބަރު 2026 14:011 މިނިޓުގެ ކިޔުން 735
Aa

ވިއެޓްނާމުގެ ވިއެޓްޖެޓުން ރާއްޖެ ހިމެނޭހެން ތިން މަންޒިލަކަށް ދަތުރުތައް ފަށަން ނިންމައި ހާއްސަ އަގުތަކެއްގައި ޓިކެޓު ވިއްކަން ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - ވިއެޓުނާމަކީ ޗުއްޓީ ހޭދަކުރުމަށް ދިވެހިންގެ މެދުގައި ވެސް މިހާރު މަގުބޫލު މަންޒިލެކެވެ. އެ ގައުމުގެ ވިއެޓް ޖެޓުން ވަނީ ރާއްޖޭގެ އިތުރުން ކަޒަކިސްތާނާއި ޗެކް ރިޕަބްލިކަށް ވެސް ދަތުރުތައް ފަށަން ނިންމައިފަ އެވެ.

ތަފްސީލް - މި މަންޒިލުތަކަށް ދަތުރުތައް ފެށުމުގެ ގޮތުން އެ އެއާލައިނުން ވަނީ ޓެކްސް އާއި ފީތައް ނުހިމެނޭހެން 0 ޑޮންގަށް ވިއްކާ ޓިކެޓުތަކެއް ވެސް އިއުލާނުކޮށްފަ އެވެ. މި އަގުގައި އެ އެއާލައިނުން ވިއެޓްނާމް ތެރޭގެ ތަންތަނަށް އަދި ބައިނަލްއަގުވާމީ ހުރިހާ މަންޒިލަކަށް ވެސް ކަނޑައެޅިފައިވާ ވަކި އަދަދަކަށް ޓިކެޓު ވިއްކާނެ އެވެ. އިކޯ ޓިކެޓުގެ ގޮތުގައި، ވަކި އަދަދަކަށް ވިއްކާ މި ޓިކެޓުތައް ގަންނަ ފަސިންޖަރުން ދައްކަން ޖެހޭނީ ޓެކްސް އަދި ފީއަށް އަރާ އަދަދު އެކަންޏެވެ.

މީގެ އިތުރުން، %20 ޑިސްކައުންޓުގައި ޑިލަކްސް ޓިކެޓުތަކެއް ވެސް ވިއްކާނެ ކަމަށާއި ހާއްސަ އަގުތަކުގައި ވިއްކާ ޓިކެޓުތައް މާދަމާ އިން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ވިއްކާނެ ކަމަށް ވިއެޓްޖެޓުން ބުންޏެވެ.

އަންނަ 5 ޑިސެމްބަރުން ފެށިގެން ފަށާ މި ދަތުރުތަކާ އެކު ވިއެޓްޖެޓުން މާލެ އާއި ވިއެޓްނާމުގެ ޗިން މިންއާ ދެމެދު ހަފްތާއަކު ތިން ދަތުރު ކުރާނެ އެވެ. އެއީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.

މި ދަތުރުތައް ކުރާނީ އެ އެއާލައިންގެ އެއާބަސް އޭ320ގެ މަތިންދާބޯޓުގަަ އެވެ.

މަޢުލޫމާތު: ދައުރު

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.