Live demo Open the newsroom
ބްރޭކިންގ
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތްރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތް
އަދީބާ ގުޅުން އޮތް ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އެދިއްޖެދައުރު

އަދީބާ ގުޅުން އޮތް ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އެދިއްޖެ

އޭސީސީން ޕީޖީ އޮފީހަށް ފޮނުވީ މޮންޓީލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުވާކޮށްދިނުމަށް؛ އެއީ އަދީބުގެ އާއިލީ ކުންފުންޏެއް

ދ
6 އޮކްޓޫބަރު 2026 10:502 މިނިޓުގެ ކިޔުން 3,860
Aa

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގައި ޑޮލަރުގެ މުއާމަލާތްތައް ކުރަން ގެންގުޅުނު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އާއިލީ ފަރާތްތަކުގެ ހިއްސާ އޮންނަ މޮންޓީލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށްދިނުމަށް އިއްޔެ އެދިއްޖެ އެވެ.

ވީކިހިނެއް؟ - އެއީ އަދީބު ޓޫރިޒަމް މިނިސްޓަރުަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އޭނާގެ ވެސް ހިއްސާ އޮތް ކުންފުންޏެކެވެ. އެގޮތުން:

ފަހުން އެ ކުންފުނީގެ ހިއްސާތައް ބަދަލުކުރީ ސައީދު ހުސައިން އާއި ޝާހިދު ހުސައިން ނަމަކަށް ކިޔާ ބަޔަކަށް

އެނގިފައިވާ ގޮތުގައި، އެ ދެ މީހުންނަކީ އަދީބުގެ އާއިލީ ބަޔެއް

އެމްއެމްޕީއާރުސީ ކޮރަޕްޝަނުގައި ފައިސާގެ އަސްލު އޮޅުވާލުމަށް ޑޮލަރު މާރުކުރުމުގައި މެދުވެރިއަކަށް ބޭނުންކުރީ އެ ކުންފުނި ކަމަށްވޭ

މިހާރު އެ ކުންފުނި އޮތީ އުވާލުމުގެ މަރުހަލާގައި

ތަފްސީލް - އެ ކުންފުންޏަށް މަނީ ލޯންޑަރިންގެ ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެދުނު ސަބަބުތަކުގެ ގޮތުގައި ބުނެފައިވަނީ:

އެ ކުންފުނި މެދުވެރިކޮށް ފައިސާ އޮޅުވާލަން މަަސައްކަތްކޮށްފައިވާކަން، ފުލުހުންނާއި އޭސީސީން ގުޅިގެން ހިންގި ތަހުގީގަށް ވަނީ ފާހަގަކުރެވިފައިވޭ

އެމްއެމްޕީއާރުުސީ ކޮރަޕްޝަންގެ ގިނަ އަދަދެއްގެ ފައިސާ އެސްއޯއެފްގެ ޑޮލަރު އެކައުންޓްގެ ދެ ޗެކަކުން އަދީބު މެދުވެރިކޮށް މޮންޓިލިއަނަށް ޖަމާކޮށްފައިވޭ

އެއީ ކުށްކޮށްގެން ހޯދި ފައިސާ ކަން، މޮންޓިލިއަންގެ އިސްކޮށް އޭރު އުޅުނު ފަރާތަށް ޝައްކުކުރެވޭ ހާލަތެއް އޮއްވައި އެ ފައިސާ ޖަމާކޮށް ބޭނުންކޮށްފައިވޭ

މޮންޓިލިއަނަށް ދެ ޗެކަކުން ޖަމާކޮށްފައިވަނީ 150،000 ޑޮލަރު ކަމަށް އޭސީސީން ބުންޏެވެ. އަދި އެ ފައިސާ އަނބުރާ ހޯދުމަށް އެމްއެމްޕީއާރުސީއަށް އަންގަން ނިންމާފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

އެނގުން މުހިންމު - އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ހިންގުމަށް ބޭނުންކޮށްފައިވަނީ އަދީބުގެ ގާތް މީހެއް ކަމަށްވާ އައްލާމް މުހައްމަދު ލަތީފް (މޮހޯ)ގެ އެސްއޯއެފާއި މޮންޓިލިއަމްގެ ކުންފުންޏާއި އަދީބުގެ ބޮޑު ބޭބެ ހާމިދު އިސްމާއީލްގެ މިލޭނިއަމް ކެޕިޓަލެވެ.

އެ ކުންފުނިތަކުން އެމްއެމްޕީއާރުސީއަށް އަނބުރާ ފައިސާ ހޯދުމަށް ކޯޓުތަކަށް މައްސަލަ ހުށަހަޅައި އެ ތިން ކުންފުނީގެ މައްޗަށް ވެސް ކޯޓުން ހުކުމްކޮށްފައިވެ އެވެ.

ފާހަގަކޮށްލެވޭ - އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ހިންގި ކަމަށް ޝަރީއަތުގައި އެއްބަސްވެފައިވާ އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި އެ ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު ދުވަސްވަރު އަދީބަށް މާފު ދެއްވުމުން އޭނާ ވަނީ މިނިވަންވެފަ އެވެ.

މަޢުލޫމާތު: ދައުރު

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.