Live demo Open the newsroom
ބްރޭކިންގ
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތްރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތް
ޗައިނާ އޯޕަންގެ ކުއާޓަރ ފައިނަލުން ޝުވާޓެކް ޖާގަ ހޯދައިފިޕީއެސްއެމް ނިއުސް

ޗައިނާ އޯޕަންގެ ކުއާޓަރ ފައިނަލުން ޝުވާޓެކް ޖާގަ ހޯދައިފި

ކްއާޓަރ ފައިނަލްގައި ޝުވާޓެކް ބައްދަލުކުރާނީ އެލީސް މާޓެންސް އާ

ޕ
8 އޮކްޓޫބަރު 2026 06:592 މިނިޓުގެ ކިޔުން 3,843
Aa

ޗައިނާގެ ވެރިރަށް ޖެއިޖިންގގައި މިހާރު ކުރިއަށްދާ ޗައިނާ އޯޕަން ޓެނިސް މުބާރާތުގެ ކުއާޓަރ ފައިނަލުން މިމުބާރާތުގައި 8 ވަނައަށް ސީޑު ކުރެވިފައިވާ ޕޯލަންޑްގެ އީގާ ޝުވާޓެކް ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ކުއާޓަރ ފައިނަލުން ޝުއާޓެކް ޖާގަހޯދީ ފަހު 16 ކުޅުންތެރިންގެ ބުރުގައި 10 ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ އީވާ ޖޮވިޗް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމާއެކު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ. އެއީ ހައެއް އެކެއް އަދި ހައެއް ތިނަކުން މެޗު ކާމިޔާބު ކޮށްގެންނެވެ. މިއީ މިދެކުުންތެރިން މިހާތަނަށް ވާދަކުރި ފުރަތަމަ ފަހަރެވެ. މިމުބާރާތުގެ ކުއާޓަރ ފައިނަލްގައި ޝުވާޓެކް ބައްދަލުކުރާނީ 13 ވަނައަށް ސީޑު ކުރެވިފައިވާ ބެލްޖިއަމްގެ އެލީސް މާޓެންސް އާއެވެ. މިމުބާރާތުގެ ކުއާޓަރ ފައިނަލުން މާޓެންސް ޖާގަހޯދީ މިމުބާރާތުގައި ތިންވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ކޯކޯ ގައުފް އާއި ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ދެސެޓު މާޓެންސް ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނެއް އަދި ހައެއް ތިނަކުންނެވެ. މީގެކުރިން މިދެ ކުޅުންތެރިން ފަސް ފަހަރަށް ވާދަކޮށްފައިވާއިރު އެހުރިހާ ފަހަރަކުވެސް ކުރި ހޯދާފައިވަނީ ގައުފްއެވެ. އަދި މިއީ މާޓެންސްއަށް މިމުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަހޯދުނު ފުރަތަމަ ފަހަރެވެ.

މީގެއިތުރުން މިމުބާރާތުގެ ކުއާޓަރ ފައިނަލުންވަނީ ޗައިނާގެ ވައިލްޑް ކާޑް ކުޅުންތެރިޔާ ޒެންގ ގިންވެން ވެސް ޖާގަހޯދައިފައެވެ. މިމުބާރާތުގެ ކުއާޓަރ ފައިނަލުން ޒެންގ ޖާގަހޯދާފައިވަނީ އަރުމީނިއާގެ އަލީނާ ޗަރައޭވާ އާއި ބައްދަލުކުރި މެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ހައެއް އެކަކުން ޒެންގ ކާމިޔާބު ކުރިއިރު ދެވަނަ ސެޓު ޗަރައޭވާ ކާމިޔާބު ކޮށްފައިވަނީ ދެއެއް ހަޔަކުންނެވެ. މިއާއެކު މިމެޗުގެ ނަތީޖާ ނެރުމަށްޓަކައި ކުޅުނު ފަހު ސެޓު ހައެއް ހަތަރަކުން ކާމިޔާބު ކޮށްފައިވަނީ ޒެންގއެވެ. މިމުބާރާތުގައި ޒެންގ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި މިމުބާރާތުގައި މިހާތަނަށް އާދަޔާ ހިލާފް މޮލު ކުޅުމެއް ދައްކަމުންދިޔަ ޗަރައޭވާއަށް މިމެޗުގައި ޒެންގގެ މައްޗަށް ކުރި ހޯދޭގޮތެއް ނުވިއެވެ. މިކާމިޔާބީ އާއެކު މިމުބާރާތުގެ ކުއާޓަރ ފައިނަލްގައި ޒެންގ ވާދަކުރާނީ 6 ވަނައަށް ސީޑު ކުރެވިފައިވާ ޔޫކްރެއިންގެ އެލީނާ ސްވިޓޮލީނާ އާއެވެ. މިމުބާރާތުގެ ކުއާޓަރ ފައިނަލުން ސްވިޓޮލީނާ ޖާގަހޯދީ 21 ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ އާން ލީ އާއި ބައްދަލުކުރި މެޗު ހައެއް ދެއެއް އަދި ހައެއް ތިނަކުން ކާމިޔާބު ކޮށްގެންނެވެ.

މަޢުލޫމާތު: ޕީއެސްއެމް ނިއުސް

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.