Live demo Open the newsroom
ބްރޭކިންގ
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތްރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތް
އިންތިހާބީ ލިސްޓުތަކާ ގުޅިގެން އިންޑިއާގެ އިދިކޮޅު މެންބަރުން އިހްތިޖާޖު ކުރަނީދައުރު

އިންތިހާބީ ލިސްޓުތަކާ ގުޅިގެން އިންޑިއާގެ އިދިކޮޅު މެންބަރުން އިހްތިޖާޖު ކުރަނީ

މި ދަނޑިވަޅުގައި އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ވޯޓާ ލިސްޓު ކަށަވަރުކުރުމުގެ މަސައްކަތާއި އިލެކްޝަން ކޮމިޝަނުގެ ރައީސްގެ އަމަލުތަކާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލަތައް ބެލުމަށް އެއްބަސްވެފައި

ދ
6 އޮކްޓޫބަރު 2026 13:172 މިނިޓުގެ ކިޔުން 3,470
Aa

ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި އޮޅުންބޮޅުން ބޮޑު ބަދަލުތަކާ ގުޅިގެން، އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރު ގްޔަނޭޝް ކުމާރު އިސްތިއުފާ ދެއްވުމަށް ގޮވާލައި އެ ގައުމުގެ އިދިކޮޅު ގިނަ އަދަދެއްގެ މެންބަރުން ނިއުދިއްލީގައި ހިނގާލުމެއް ބާއްވައިފި އެވެ.

މި ހިނގާލުމާ ގުޅިގެން ވެރިރަށް ދިއްލީގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އިދިކޮޅު ޕާޓީތަކުގެ މެންބަރުންނާއި ޒުވާނުން އިސްވެ ހަރަކާތްތެރިވާ ކޮކްރޯޗު ހަރަކާތުގެ ބައިވެރިން އިހްތިޖާޖުތައް ވަރުގަދަކުރީ، ވޯޓާ ލިސްޓާއި ރަޖިސްޓްރޭޝަން މަރުހަލާތަކާ ގުޅޭ ގޮތުން އިލެކްޝަން ކޮމިޝަނުގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުޅޭކަމުގެ ހަބަރުތައް ފެތުރުމާ ގުޅިގެންނެވެ.

"ޑިމޮކްރަސީ ސަލާމަތްކުރޭ" މިފަދައިން ލިޔެފައިވާ ބެނާއެއް ހިފައިގެން އިދިކޮޅު މެންބަރުން މަޖިލިސް ކުރާ ގެއިން ފެށިގެން އިލެކްޝަން ކޮމިޝަނުގެ މައި އިދާރާއާ ހަމައަށް ހިނގާލުމެއް ބޭއްވީ ކުމާރުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ. ކޮންގްރެސް ޕާޓީގެ ރައީސް މައްލިކާރްޖުން ހަރްގޭ ނޫސްވެރިންނަށް ވިދާޅުވީ އިލެކްޝަން ކޮމިޝަނަކީ ސަރުކާރުން ބޭނުންހާ ގޮތަކަށް މަސައްކަތް ކުރާ ތަނަކަށް ހަދާފައިވާ ކަމަށާއި އެބޭފުޅުން ކުރައްވާ މަސައްކަތަކީ ޑިމޮކްރަސީ ހިމާޔަތްކުރުމުގެ މަސައްކަތް ކަމަށެވެ.

ކޮންގްރެސް އާއި އިދިކޮޅު އެހެން ޕާޓީތަކުން ތުހުމަތުކުރާ ގޮތުގައި ވޯޓާ ލިސްޓަށް ގެނައި ބަދަލުތަކަކީ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)އަށް ފައިދާވާނެ ގޮތަށް ގެނައި ބަދަލުތަކެކެވެ. ނަމަވެސް، އިލެކްޝަން ކޮމިޝަނާއި ބީޖޭޕީން މި ތުހުމަތުތައް ދޮގުކުރެ އެވެ. އަދި އިސްތިއުފާ ދެއްވުމަށް ގޮވާލާ ގޮވާލުންތަކަށް ކުމާރު ރަސްމީކޮށް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.

މި ހިނގާލުމާ ގުޅިގެން އިލެކްޝަން ކޮމިޝަނުގެ މައި އިދާރާ ހިމެނޭ ސަރަހައްދުގައި އެތައް ސަތޭކަ ސަލާމަތީ ފައުޖުތަކެއް ވަނީ ހަރަކާތްތެރިވެފަ އެވެ. އަދި ބައެއް މަގުތައް ބަންދުކޮށް، އެ ސަރަހައްދުތަކަށް ނުދިއުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފަ އެވެ. ނިމިދިޔަ ހަފުތާއިން ފެށިގެން ދަރިވަރުންގެ ޖަމިއްޔާތަކާއި އިދިކޮޅު ޕާޓީތަކުން ދަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މުޒާހަރާ ކުރަމުންނެވެ.

މި ދަނޑިވަޅުގައި އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ވޯޓާ ލިސްޓު ކަށަވަރުކުރުމުގެ މަސައްކަތާއި އިލެކްޝަން ކޮމިޝަނުގެ ރައީސްގެ އަމަލުތަކާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލަތައް ބެލުމަށް އެއްބަސްވެފަ އެވެ. އިއްޔެ ބޭއްވި އަޑުއެހުމެއްގައި ކޯޓުން ބުނެފައިވަނީ ގާނޫނާ ހިލާފު އެއްވެސް ނިންމުމެއް ނިންމާފައިވާ ނަމަ، އެކަމަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

މަޢުލޫމާތު: ދައުރު

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.