Live demo Open the newsroom
ބްރޭކިންގ
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތްރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތް
މޫދަށް އެރި އުޅުނު ޗައިނާގެ ދެމަފިރިއަކު މަރުވެއްޖެދައުރު

މޫދަށް އެރި އުޅުނު ޗައިނާގެ ދެމަފިރިއަކު މަރުވެއްޖެ

ރިސޯޓުގެ މޫދުން ދެ ޓޫރިސްޓުން ފެނުނު އިރު ތިބީ ހަބަރު ހުސްވެފައި

ދ
6 އޮކްޓޫބަރު 2026 22:191 މިނިޓުގެ ކިޔުން 3,055
Aa

ދ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ޓޫރިސްޓު ދެމަފިރިއަކު ގެނބިގެން މަރުވެއްޖެ އެވެ.

ތަފްސީލް - ފުލުހުން ބުނިގޮތުގައި ޗައިނާގެ އެ ދެ މީހުން ފެނުނީ މޫދުގައި ހަބަރު ހުސްވެފައި ތިއްބަ އެވެ.

ކަނޑިންމަ މޯލްޑިވްސްގައި ގެނބުނު އެ ދެ މީހުން ވަނީ ހަމަ އެވަގުތު ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ދެ މީހުން މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެނގުން މުހިއްމު - ފުލުހުން މިދިޔަ އަހަރު އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ކަނޑުމަތީގެ އެކި ހާދިސާތަކުގައި މިދިޔަ ހަތަރު އަހަރުގެެ ތެރޭގައި 112 ޓޫރިސްޓަކު ވަނީ މަރުވެފަ އެވެ. މި އަހަރު ވެސް ޓޫރިސްޓަކު ވަނީ ގެނބިގެން މަރުވެފަ އެވެ.

މަޢުލޫމާތު: ދައުރު

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.