ވިލިމާލެއާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި، އެކްސިޑެންޓެއް ހިނގައިފި އެވެ.
ވީ ކިހިނެއް؟ - އެ އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 4:50 ހާއިރު އެވެ.
ތަފްސީލު - ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ލޯންޗުގެ ކައްޕި އާއި ފަޅުވެރިއަކަށް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
ނަމަވެސް އޭގެ ތެރެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވެ އެވެ.
އެ އެކްސިޑެންޓާ ގުޅިގެން ލޯންޗާއި ދޯންޏަށް ވެސް އެކިވަރުގެ ގެއްލުންތައް ވަނީ ވެފަ އެވެ. ނަމަވެސް އޭގެ ތަފްސީޅު ފުލުހުން ނުބުނެ އެވެ.
ފުލުހުން އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މަޢުލޫމާތު: ދައުރު










ކޮމެންޓް