Live demo Open the newsroom
ބްރޭކިންގ
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތްރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތް
3 މަސް ތެރޭ ބުޅަލުގެ މައްސަލަ ހައްލުނުވެއްޖެ ނަމަ އޮޅުހިޔާ މާލެ ސިޓީ ކައުންސިލާ ހަވާލުކުރަން އަންގަނީދައުރު

3 މަސް ތެރޭ ބުޅަލުގެ މައްސަލަ ހައްލުނުވެއްޖެ ނަމަ އޮޅުހިޔާ މާލެ ސިޓީ ކައުންސިލާ ހަވާލުކުރަން އަންގަނީ

މާލޭގައި ބުޅާތައް ގިނަވެފައިވުމާއި ބުޅަލަށް އެކަށީގެންވާ ފަރުވާ އޮޅުހިޔާއިން ދެމުންނުދާތީ ނުރައްކާތެރި ބަލިތަކަށް އާއްމުން ހުށަހެޅެމުންދާ ކަމުގެ ކަންބޮޑުވުން ކައުންސިލުން ފާޅުކުރި

ދ
7 އޮކްޓޫބަރު 2026 13:323 މިނިޓުގެ ކިޔުން 2,989
Aa

މާލޭ މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލަ ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭ ހައްލުނުކުރެވިއްޖެ ނަމަ، ބުޅާތައް ބަލަަހައްޓަން ހަދާފައިވާ 'އޮޅުހިޔާ' ފެސިލިޓީ މާލެ ސިޓީ ކައުންސިލާ ހަވާލުކުރަން އެދެން އެ ކައުންސިލުން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މާލޭ މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ގާއިމުކޮށްފައިވާ އޮޅުހިޔާ ފެސިލިޓީ ރައީސް މުހައްމަދު މުއިއްޒު ހުޅުވައިދެއްވާފައިވަނީ ނޮވެމްބަރު 2024ގަ އެވެ.

މާލޭ ސިޓީ ކައުންސިލާ ގުޅިގެން އެ ތަން ހެދިޔަސް، އެ ކައުންސިލުން އެ ތަން ހިންގަމުން ދިޔަ ގޮތް ކަމުނުގޮސްގެން އެ ތަން ބަލަހައްޓަމުންދިޔައީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީންނެވެ. އެ މިނިސްޓްރީ އުވާލައި އެ މަސައްކަތްތައް މިހާރު އޮތީ ފިޝަރީޒް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

ތަފްސީލް - މާލެ ސިޓީ ކައުންސިލުގެ ރަސްްމީ އާއްމު ޖަލްސާގައި މިކަމާ މެދު މަޝްވަރާކޮށް މިއަދު ފާސްކޮށްފައިވަނީ، އެ ފެސިލިޓީ މިހާރު ބަލަހައްޓަމުންދާ ފިޝަރީޒް މިނިސްޓްރީއަށް ސިޓީއަކުން އެކަން އެންގުމަށެވެ.

އެ މައްސަލަ ހައްލުކުރަން ތިން މަސްދުވަސް ދިނުމަށް ފަހު، މާލޭގެ މަގުމަތީގައި އުޅޭ ހުރިހާ ބުޅާތައް އެތަނަށް ނުގެންދެވިއްޖެ ނަމަ، އޮޅުހިޔާއާ ހަވާލުކުރަން މިނިސްޓްރީގައި އެދެން ނިންމި އެވެ.

މާލޭގައި ބުޅާތައް ގިނަވެފައިވުމާއި ބުޅަލަށް އެކަށީގެންވާ ފަރުވާ އޮޅުހިޔާއިން ދެމުންނުދާތީ ނުރައްކާތެރި ބަލިތަކަށް އާއްމުން ހުށަހެޅެމުންދާ ކަމުގެ ކަންބޮޑުވުން މިއަދުގެ ބައްދަލުވުމުގައި ކައުންސިލަރުން ފާޅުކުރެއްވި އެވެ.

މަގުމަތީގައި އުޅޭ ބުޅާތަކަށް އެކިއެކި ބަލިތައް ޖެހިފައިވުމާއި އެތަކެތީގެ ނަޖިސް މަގުމަތީގައި ހުރުމުގެ ސަބަބުން ސިއްހީ ގޮތުން ދިމާވާ މައްސަލަތަކާއި މަގުތަކުގެ ސާފުތާހިރުކަން ކުޑަވުމުގެ ކަންބޮޑުވުންތައް ވެސް ކައުންސިލަރުން ފާހަގަކުރެއްވި އެވެ.

އެތަކެތީގެ އާބާދީ ކޮންޓްރޯލުކުރުމަށް ދޭންޖެހޭ ފަރުވާތައް ދިނުމަށް އޮޅުހިޔާގައި ވަސީލަތްތައް ގާއިމުކޮށްފައިވިޔަސް، އެކަން ވެސް އެތަނުގެ ފަރާތުން ނުކުރާތީ ބުޅަލުގެ މައްސަލަ ހައްލުވާނެ ގޮތެއް ނެތްކަން ކައުންސިލަރުން ފާހަގަކުރެއްވި އެވެ.

އެތަން ހުރި ގޮތަށް ބެހެއްޓުމަށް ފަހު، މިނިސްޓްރީގެ ފަރާތުން 'ބައުކަލޯ' ނަމުގައި އިތުރު މަޝްރޫއެއް ފަށައިގެން އުޅޭތީ ވެސް ކައުންސިލަރުން ފާޑުވިދާޅުވި އެވެ. ރައްޔިތުންގެ ފައިސާ ބޭކާރު ގޮތުގައި ހަރަދުވެގެންދާއިރު އެ މައްސަލައަަށް ހައްލު ގެނައުމަށް ހަގީގަތުގައި އެއްވެސް ކަމެއް ނުކުރާކަން ކައުންސިލަރުން ފާހަގަކުރެއްވި އެވެ.

އެހެންވެ މިއަދުގެ ބައްދަލުވުމުގައި ތިބި ހުރިހާ ކައުންސިލަރުން ވެސް އެއްބަސްވީ، އެތަން ކައުންސިލާއި ހަވާލުކުރުމަށް މިނިސްޓްރީގައި އެދުމަށެވެ. މާލޭ މޭޔަރު އާދަމް އާޒިމް ވެސް ވިދާޅުވީ މާލޭގައި އުޅޭ ބުޅާތައް ގެންގޮސް ގެންގުޅެވޭނެ ކެޕޭސިޓީއާ ވަސީލަތްތައް އެތަނުގައި ހުންނާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - މާލޭ މަގުމަތީގައި އުޅޭ ބުޅާތައް ފެސިލިޓީއަށް ނުގެންދާތީ އާއި ބުޅަލުގެ ނަޖިސް މަގުމަތީގައި ހުންނަ މައްސަލާގައި މީގެ ކުރިން ވެސް ކައުންސިލަށް މައްސަލައި ހުށަހެޅިގެން އެ ފެސިލިޓީ މިނިސްޓްރީން ރަނގަޅަށް ހިންގަމުންނުދާކަމުގެ ކަންބޮޑުވުންތައް ކައުންސިލަރުން ފާހަގަކޮށްފައިވެ އެވެ. އެކަން ނުވާ ނަމަ، ކައުންސިލާ ހަވާލުކުރުމަށް އޭރު ވެސް ސަރުކާރަށް ކައުންސިލުން ގޮވާލާފައިވެ އެވެ.

މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގައި ތެރޭގައި ހިމެނޭ ބުޅާ ފެސިލިޓީއަކީ މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ހަދާފައިވާ ތަނެކެވެ.

މި ފެސިލިޓީގައި ބުޅާތަކަށް އެކަށީގެންވާ ފެންވަރުގެ ޝެލްޓާތަކެއްގެ އިތުރުން އެ ތަނުގެ ތެރެއިން އެތަކެއްޗަށް ފަރުވާކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފަ އެވެ.

އެކަމަކު އެ ތަނަށް ޒިޔާރަތްކޮށް ބުޅަލުގެ ހައްގުގައި މަސައްކަތްކުރާ ހަަތަރު ޖަމިއްޔާއަކުން ހެދި އިންްސްޕެކްޝަން ރިޕޯޓެއްގައިވާ ގޮތުން، ފަންގަލް އަދި ވައިރަލް އިންފެކްޝަން ހުންނަ ބުޅާތައް ސިއްހަތު ރަނގަޅު ބުޅާތަކާ އެކު ބަހައްޓާފައި ހުރުމުގެ ސަބަބުންނާއި ސާފުތާހިރުކަމުގެ މިންގަނޑު ދަށްވުމުގެ ސަބަބުން އެތަނުގައި މައިކޮޕްލާޒްމާގެ އައުޓްބްރޭކެއް އުޅޭކަން ވަނީ ފާހަގަކުރެވިފަ އެވެ. އަދި އެތަނުގައި ބުޅާތަކަށް ބޭނުންވާ އެކަށީގެންވާ ފަރުވާ ލިބެންނުދާކަމާއި ގިނަ އަދަދެއްގެ ބުޅާ މަރުވެފައިވާކަން ފާހަގަކޮށްފައިވެ އެވެ.

މަޢުލޫމާތު: ދައުރު

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.